ENGLISH
09 ސެޕްޓެމްބަރު 2025
ގިނަ ބާވަތްތަކެއް ހިމެނޭހެން އެމްޕީއެލްއިން މިދިޔަ ހަފްތާ 907 ކޮންޓެއިނަރު ކްލިއާކޮށްފި
04 އޯގަސްޓު 2025
|
އެމްޕީއެލްގެ މުވައްޒަފުން ކޮންޓެއިނަރުތަކެއް ކްލިއާކުރަނީ. ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާ 907 ކޮންޓެއިނަރު ކްލިއާކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައި ބުނީ ޖުލައި 27 އިން އޮގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް 907 ކޮންޓެއިނަރު ރާއްޖެ އެތެރެކޮށް ސާފުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 20 ފޫޓުގެ 500 ކޮންޓެއިނަރާއި 40 ފޫޓުގެ 407 ކޮންޓެއިނަރެވެ. ހުރިހާ ކޮންޓެއިނަރެއް 20 ފޫޓުގެ ކޮންޓެއިނަރުގެ ގޮތުގައި އެވްރެޖް ކުރާއިރު އެއީ 1314 ޓީއީޔޫއެވެ.
ޕޯޓްސް ލިމިޓެޑުން ކޮންމެ ހަފްތާއަކުވެސް ގިނަ އަދަދެއްގެ މުދާ ރާއްޖެ ގެނެއެވެ. އޭގެތެރޭގައި އަސާސީ ބޭނުންތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ ވެސް ހިމެނެއެވެ. ޕޯޓްސް ލިމިޓެޑުން އިއްޔެ ހާމަކޮށްފައިވަނީ ޕެރިޝަބަލް މުދަލުގެ ތަފާސްހިސާބެވެ. އޭގެތެރޭގައި އެންމެ ގިނައީ ފިޔާ އަދި ބިހެވެ. އޭގެއިތުރުން، އާއްމުކޮށް ބޭނުންކުރާ ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފައިވެއެވެ.
އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި މުޅިން އާ ދާއިރާއެެއްގެ ގޮތުގައި ސީޓުއެއަރ ކާގޯގެ ހިދުމަތް ފެށުމާއި އުތުރުގެ މެރިޓައިމް ސާވިސްގެ ޚިދުމަތް ތައާރަފްކޮށްފައެވެ. އަދި، މުދާ ރާއްޖެ އެތެރެކުރުމަށްފަހު އަވަހަށް ކްލިއާ ކުރެވޭނެ އިންތިޒާމުތައް އެކުންފުނިން ވަނީ ހަމަޖައްސައިފައެވެ. އާ ބަދަލުތަކާއެކު ކުރިއަށްވުރެ އަވަހަށް މުދާ ކްލިއާ ކުރުމުގެ ކަންކަން ކުރިއަށްގެންދެއެވެ.