ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ދަނޑުވެރި ނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް، ރަޖިސްޓްރީގައި 6699 ދަނޑުވެރިން

04 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ދަނޑުވެރި ނަފާ ލޯން ސްކީމް 2019 ވަނަ އަހަރު ހުޅުވާލި ފަހުން މިހާތަނަށް 45 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން މިއަދު ވަނީ ދަނޑުވެރިކަމާއި ގުޅުންހުރި ބައެއް އަދާހަމަ އާއްމުކޮށްފައެވެ. އެގޮތުން މީގެ ހަ އަހަރު ކުރިން ދޫކުރަން ފެށި ލޯނަށް ހުށަހަޅައިގެން 45 ފަރާތަކަށް މިހާތަނަށް ވަނީ އެ ލޯނު ދޫކޮށްފައެވެ. އަދި، މިހާތަނަށް އެ ވުޒާރާގައި 6699 ދަނޑުވެރިން ރަޖިސްޓްރީ ކޮށްފައިވާކަމަށް އެ ވުޒާރާއިން "އެކްސް" ގައި ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. 

މިއަހަރުގެ މޭ މަހު އެ ވުޒާރާއިން ވަނީ ދަނޑުވެރި ނަފާ ލޯނު ސްކީމްގެ ދަށުން 15.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ހާމަކޮށްފައެވެ. ދަނޑުވެރި ނަފާ ލޯނަށް އެ ވުޒާރާއިން ހުޅުވާލީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ. 

ދަނޑުވެރި ނަފާ ލޯނަށް ހުޅުވާލީ ދެ ކެޓަގަރީއަކުންނެވެ. ފުރަތަމަ ކެޓަގަރީއަކީ ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 100،000ރ. އާއި ހަމައަށް ނެގޭ ލޯނެވެ. ދެވަނަ ކެޓަގަރީއަކީ 100،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނެވެ. އެ ލޯނު ދައްކަން ހަތް އަހަރުގެ މުއްދަތެއް ލިބެއެވެ. އެ ލޯނުތައް ދޫކުރަނީ އަހަރަކު ހަ ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައެވެ.

ލޯން ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަންދެނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ. އޭގެތެރޭގައި އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް ގާޑްނިން، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއު އެޑިޝަން، އެގްރޮފޮރަސްޓްރީ އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމު ކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު