ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މިއަދުވެސް ހުދު ސަމާލު ނެރެފި

04 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މޫސުން ގޯސްވެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރުނީ ހެނދުނު 9:45 އިން 13:45 އަށެވެ.

މޫސުން ގޯސްވުމާއެކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ދުވަސްތަކުގައި އެކި ގަޑިތަކުގައި ވަނީ ހުދު ސަމާލު ނެރެފައެވެ. 

މޫސުން ގޯސްވުމާއެކު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖެއަށް މޫސުން ރަނގަޅުވާން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު