ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އަޤުޞާ މިސްކިތުގައި ހަރުކަށި ސިހުޔޫނީން ހިންގާ އަމަލުތައް އަވަހަށް ހުއްޓުވަން ޝަހީމު ގޮވާލައްވައިފި

04 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު

އިސްލާމްދީނުގެ ތިންވަނަ ހަރަމްފުޅުކަމަށްވާ މަސްޖިދުލް އަޤުޞާއަށް ވަދެ ހަރުކަށި ސިހުޔޫނީން މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް ހިންގާ އަމަލުތައް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުށްވެރިކުރައްވަައިފިއެވެ. 

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިތަމާރް ބެންގްވިރު އަލްއަގުސާ މިސްކިތަށް ވަދެ މިސްކިތުގައި އަޅުކަން ކުރުމާ ގުޅިގެން އިސްލާމީ ގިނަ ގައުމުތަކުން އަންނަނީ އޭނާގެ އަމަލު ކުށްވެރިކުރަމުންނެވެ. ޑރ.ޝަހީމުގެ އެކްސް ޕޯސްޓުގައި ބެންގްވިރްގެ ނަން ގެންނަވާފައި ނެތް ނަމަވެސް އޭނާގެ ޕޯސްޓުގައި އިޝާރާތްކުރައްވާފައިވަނީ ބެންގްވިރް ހިންގި އަމަލަށެވެ. 

ބެންގްވިރްވަނީ އަަގުސާ މިސްކިތަށް ވަދެ ޔަހޫދީން ޓެމްޕަލް މައުންޓުކަމަށް ކިޔާ ސަރަހައްދުގައި ޔަހޫދީ ދީނީ އަޅުކަން ކޮށްފައެވެ. އޭނާއާއެކު އެތަނުގައި އޭނާއަށް ތަބާވާ ބައެއް މީހުން އަޅުކަމުގައި ބައިވެރިވިއެވެ. 

1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިސްރާއީލުން އުރުދުނުގެ އަތުން ގުދުސާއި މަސްޖިދުލް އަގުސާ އަތުލިއެވެ. އެއަށްފަހު އަގުސާގެ ކަންކަމާމެދު ހާއްސަ އެއްބަސްވުމެއް ގާއިމުކުރެވުނެވެ. އެ އެއްބަސްވުމުގެ ދަށުން އުރުދުނުން އަގުސާ މިސްކިތް ބަލަހައްޓާ ގޮތަށް ހަމަޖައްސައި، އަގުސާ މިސްކިތުގެ ބައެއް ސަރަހައްދުތަކަށް ޔަހޫދީންނަށް ވަނުމުގެ ހުއްދަ ދިނެވެ. 

ނަމަވެސް އަގުސާ މިސްކިތުގައި ޔަހޫދީންނަށް އަޅުކަން ކުރުމުގެ ހުއްދަ ނޯންނާނެ ކަމަށް އެއްބަސްވެ އެއިރުއްސުރެ އަމަލުކުރަމުން އަންނަނީ އެގޮތަށެވެ. އަދި ބެންގްވިރް އަގުސާ މިސްކިތުގެ ތެރޭގައި އަޅުކަންކުރި ފަހުން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަގުސާ މިސްކިތުގައި ޔަހޫދީންނަށް އަޅުކަންނުކުރެވޭ ގޮތަށް އޮތް އެއްބަސްވުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. 

ބެންގްވިރްގެ އަމަލުތަކާ ގުޅިގެން އެެކްސްގައި ކުރެއްވި ޕޯސްޓުގައި ޝަހީމު ވިދާޅުވީ ހަރުކަށި ސިހުޔޫނީ ގުރޫޕުތަކުން އަގުސާ މިސްކިތަށް ވަދެ އެތަނުގެ ހުރުމަތް ކަނޑައި ހިންގާފައިވާ ނޭއްގާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. 

އަދި ޝަހީމު ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލެއްވީ ބައިނަލްއަގުވާމީ ގަރާރުތަކާއި މުއާހަދާތަކާ ހިލާފަށް ހަރުކަށި ސިހުޔޫނީން ހިންގަމުންދާ މި އަމަލުތައް ވަގުތުން ހުުއްޓުވުމަށް އަވަސް ފިޔަވަޅު އެޅުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު