ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މީރާގެ ބޯޑުން ހުސްވާ ހަތަރު މަގާމަށް ބޭފުޅުން އައްޔަންކުރުމަށް މަޖިލީހަށް ނަންތަައް ފޮނުއްވައިފި

04 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުން ހުސްވާ ހަތަރު މަގާމަށް ބޭފުޅުން އައްޔަންކުރުމަށް އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. 

މީރާގެ ބޯޑުގައި މިހާރު ތިއްބެވި ހަތަރު މެންބަރެއްގެ ދައުރު ހަމަވާނީ 31، އޯގަސްޓު 2025 ވަނަ ދުވހުއެވެ. އެ މަގާމުތައް ހުސްވާތީ އެ ހަތަަރު މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން 14 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަންފުޅު އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ރައީސް ފޮނުއްވާފައިވެއެވެ. 

އެ 14 ބޭފުޅުންގެ ތެރެއިން ލިސްޓުގެެ އެންމެ ކުރީގައި އުޅުއްވަނީ މުޙައްމަދު އިމްތިނާން ސަޢުދުﷲއާއި، އިސްމާއީލް ހަމްދޫނާއި، އައުޝަތު ޝަޒުރާއާއި އިދުހާމް ހުސައިނެވެ. 

މީރާގެ ބޯޑުން ހުސްވާ މަގާމުތަކަށް ކުރިމަތިލެއްވީ: 

1. މުހައްމަދު އިމްތިނާން ސައުދުﷲ

2. އިސްމާއިލް ހަމްދޫން

3. އައިޝަތު ޝަޒުރާ

4. އިދުހާމް ހުސައިން

5. އުމަރު އަހުމަދު ހުސައިން

6. މުހައްމަދު އަހުމަދު

7. މުހައްމަދު ރަޝީދު

8. މަރިޔަމް ޖުވެއިރިޔާ

9. އަހުމަދު މައުސޫމް

10. އަހުމަދު ނަޒީހު މުހައްމަދު

11. ހުޝާމް ވަހީދު

12. މަރިޔަމް ޝައްފާއު ޝަރީފު

13. އަބްދުﷲ މިފްރާޒް މިޒާލް

14. އަހުމަދު އަލީ

ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް މިއަދު ފޮނުވާފައިވެއެވެ. 

މީރާގެ ބޯޑުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. މިވަގުތު މީރާގެ ބޯޑުގެ ޗެއާޕަރސަންގެ މަގާމުގައި ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާއެވެ. 

ކިޔުންތެރިންގެ ހިޔާލު