ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މާލިއްޔަތު ކޮމިޓީއަށް ބަދަލެއް؛ ޝުޖާގެ ބަދަލުގައި ހަނާން

04 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާ

މާލިއްޔަތު ކޮމިޓީގެ މެންބަރުކަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަކިކޮށް އެ ކޮމިޓީއަށް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލު އިއުލާނުކުރައްވާފައެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގެ މެންބަރުކަމުން ޝުޖާ ވަކިކޮށް، އޭނާ ހަމަޖައްސާފައިވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށެވެ. 

ގައުމީ ތަރައްގީއާއި ތަރަިކައިގެ ކޮމިޓީއަށް ޝުޖާ ހަމަޖައްސާފައިވަނީ އެ ކޮމިޓީގެ މެންބަރުކަމުގައި ހުންނެވި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީގެ ބަދަލުގައެވެ. 

ޝުޖާ މާލިއްޔަތު ކޮމިޓީން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ބަދަލުކުރިއިރު އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަަމަޖައްސާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ. 

މާލިއްޔަތު ކޮމިޓީން ޝުޖާ ވަކިކޮށްފައިވަނީ އޭނާގެ ކުންފުންޏަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެކުލަވައިލާފައިވާ ރިޕޯޓެއްކަމަށް ބުނާ ލިޔުމެއް މީސްމީޑިޔާއަށް ތިލަވެ، އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. 

މިއަދު 11:00 ގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައިވެއެވެ. އެ ބައްދަލުވުމަށް އެމްއެމްއޭއިން ހާޒިރުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު