ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ހައިކޯޓްގެ ފަނޑިޔާރަކަށް ޖަމީލް އައްޔަނުކުރައްވައިފި

04 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ޖަމީލް

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަނުކުރައްވައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ޖަމީލް، ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަނުކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވާ ކަމަށެވެ. 

ޖޭއެސްސީ އިން ބުނި ގޮތުގައި ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޖަމީލް އައްޔަނުކުރަން ނިންނީ، ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހުގައި ކަމަށެވެ. އެ ނިންމުން ނިންމީ، ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަނުގެ 27 ވަނަ ބައްދަލުވުމުގައެވެ.

ޖަމީލަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރުން ފެށިގެން 2009 ޖަނަވަރީގެ ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރެއްވިއެވެ. އަދި، 2009 ފެބްރުވަރީ މަހުން ފެށިގެން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ. 

ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށް ފަހު ޖަމީލް ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު