ENGLISH

03 އޯގަސްޓު 2025

Advertisement

އުތުރަށް ވަރަށް މޫސުން ގޯސް، ހއ އިން ތ އަތޮޅަށް ހުދު ސަމާލު

02 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މޫސުން ގޯސް ދުވަހެއް

އުތުރުގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ހއ އިން ތ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ހުދު ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ތ އަތޮޅަށެވެ. ސަމާލު ނެރެފައިވަނީ އިރުއޮއްސި ހަޔަކުން މެންދަމު 12:00 އަށެވެ.

މިވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެއަށް މޫސުން ގޯސްތާ ދުވަސްތަކެއް ވެއްޖެ އެވެ. މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުގެ ވިއްސާރަ އެވެ.

ކިޔުންތެރިންގެ ހިޔާލު