ENGLISH
03 އޯގަސްޓު 2025
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު؛ ކަނޑުތައް ގަދަވާނެކަމަށް ބެލެވޭ
02 އޯގަސްޓު 2025
|
ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކުރަނީ، ފޮޓޯ: ސަން
ރާއްޖޭގެ ބޮޑު ސަރަަހައްދަށް މޫސުން ގޯސްވާނެ ކަމުގައި ލަފާކުރެވޭތީ ގައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން މިއަދު ނެރުނު ހުނދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:15 އިން ފެށިގެން އިރުއޮއްސި 18:00 އާ ދެމެދުގެ ވަގުތުތަކަށެވެ.
މި ވަގުތުގައި ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
އޭގެ އިތުރަށް މެޓު އޮފީހުން ބުނެފައިވަނީ ސަމާލު ނެރެފައިވާ ވަގުތުތަކުގައި އުތުރުގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ގުގުރުމާއެކު ބައެއް ރަށްރަށަށް ވާރޭވެހޭނެ ކަމުގައި އެ އިދާރާއިން ލަފާކުރެއެވެ. އެހެނިހެން ހިސާބުތަކަށް ކެރީގެ އަސަރުކުރާނެއެވެ.
މެދުރާއްޖެތެރޭގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ. އަދި ވިލކާގަނޑުގައި 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް ލަފާކުރެއެވެ.
އަދި އުތުރާއި މެދުރާއްޖެ ތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރުމާއެކު، ދެކުުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާާއިން އަންދާޒާކުރެއެވެ.