ENGLISH

02 އޯގަސްޓު 2025

Advertisement

އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

02 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން، ފޮޓޯ: ސީއެންއެމް

އިދިކޮޅު މައި ޕާޓީކަމަށްވާ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުންދިން ކަމަށް ތުހުމަތުވާ މީހަކު ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފިއެވެ. 

ފުލުހުންގެ މީޑިޔާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި ޗާންދަަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަައެއް ފުލުހުންގެ ހިދުމަތަށް ހުށަަހަޅާފައިވަނީ އޯގަސްޓު އެއްވަނަ ދުވަހުއެވެ. އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ރޭގަނޑު 01:30 ހާއިރުއެވެ. 

ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. 

އެގޮތުން ފުލުހުން ބުނެފައިވަނީ މި މައްސަލަގަިއ ހައްޔަރުކުރީ މ.ސްޓާ އުމުރުން 49 އަހަރުގެ މުހައްމަދު ރަޒީން ކަމަށެވެ. 

އިތުރު ތަފުސީލެއް މިހާތަނަށް އެ ހިދުމަތުން ހާމަނުކުރި ނަަމަވެސް ފުލުހުން ބުނެފައިވަނީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު