ENGLISH

02 އޯގަސްޓު 2025

Advertisement

ގެދޮރުވެރިޔާ ޕޯޓަލުން ލިންކެއް ނުފޮނުވާނެ، ތި ލިބެނީ ސްކޭމް މެސެޖެއް

02 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ މައި މަރުކަޒު --

ގެދޮރުވެރިޔާ ޕޯޓަލުން ލިންކެއް ނުފޮނުވާނެ ކަމަށާ ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވަމުން ދަނީ ސްކޭމް މެސެޖެއް ކަމުން އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން އިލްތިމާސްކޮށްފި އެވެ.

ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ސްކޭމް މެސެޖެއް ދަނީ ފޮނުވަމުންނެވެ.

އެކަމަށް ސަމާލުވުމަށް އެދި އެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން ބުނީ ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވަނީ ސްކޭމް މެސެޖެއް ކަމަށެވެ. ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާ އެއީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕޯޓަލެއް ކަމަށް ވަނީ ބުނެފަ އެވެ.

މި ސްކޭމް ލިންކަަށް ފިތުމުން ގޫގަލް އެކައުންޓަށް ލޮގިންވާން ބުނާނެ ކަމަށާ ނަމަވެސް ލޮގިން ވެއްޖެނަމަ އެ މީހެއްގެ ޕާސްވޯޑްތައް ސްކޭމް ކުރާ މީހާއަށް ލިބޭނެ ކަމަށެވެ. މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގްލް އެކައުންޓްގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްކޭމްގެ އެފަދަ ލިންކެއް ލިބިއްޖެނަމަ 911 ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު