ENGLISH

25 ނޮވެމްބަރު 2024

ޖަރުމަނުގެ ފަތުރުވެރިޔާ ''މާމާ'' 45 ވަނަ ފަހަރަށް ވިލުރީފަށް

23 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ވިލުރީފް ރިސޯޓުން "މާމާ" އަށް ކީ ހޫނު މަރުހަބާގެ ތެރެއިން / ފޮޓޯ: ވިލުރީފް ފެމެލީ ކްލަބް

ވިޔަފާރި ވެރިޔާ ސަން ސިޔާމްގެ ރިސޯޓެއް ކަމަށްވާ ވިލު ރީފް ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިޔާ ބާބެލް ގާޑް ރިޗާ (މާމާ) 45 ވަނަ ފަހަރަށް އެ ރިސޯޓަށް ޒިޔާރާތްކޮށްފިއެވެ.

އެ ރިސޯޓުގެ ފަރާތުން އިއްޔެ ވަނީ މާމާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޖަރުމަނުގެ ފަތުރުވެރިޔާ "މާމާ" އެ ރިސޯޓަށް ޒިޔާރާތްކުރާ ކޮންމެ ފަހަރަކު ވެސް ކުލަގަދަކޮށް އެ ދުވަސް ފާހަގަކުރެއެވެ. އުމުރުން 75 އަހަރުގެ "މާމާ" އަކީ ލޯޔަލް ގެސްޓެއް ކަމަށް އެ ރިސޯޓުން ފާހަގަކުރިއެވެ.

ވިލުރީފް ރިސޯޓުން "މާމާ"އަށް ކީ ހޫނު މަރުހަބާގެ ތެރެއިން --- ފޮޓޯ/ ވިލުރީފް ފެމެލީ ކްލަބް

މިފަހަރު "މާމާ" ޒިޔާރަތްކުރުމާ އެކު އެ ރިސޯޓުން ވަނީ ސަފާގީ ކުޅިވަރުތަކެއް ވެސް ހުށަހަޅައިދީފައެވެ. އެގޮތުން ދިގުމަގު ހިނގުމާއި ބޮޑުބެރުގެ އިތުރުން ސަގާފީ ނެށުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު