ENGLISH
25 ޖުލައި 2025
އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގުމުގައި ގޯހެއް ހަދާފައެއް ނޯންނާނެ: ބީއެމްއެލް
23 ޖުލައި 2025
|
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) --
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުން ދަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަަމަށް ބެންކު އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ބީއެމްއެލްއިން ހިންގަނީ ގަވާއިދާ ހިލާފަށް ކަމުގައި ބުނެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރާއި ބީއެމްއެލްއަށް ދަނީ އަމާޒު ކުރަމުންނެވެ.
އެކަމާއި ގުޅިގެން ބެންކުން ނެރުނު ކުރު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރުގައި އެދުނު ކަމަށެވެ.
އަދި މި ހުށަހެޅުމަށް ރިއާޔަތްކޮށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ޤާނޫނާއި ޤަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވެސް ބުންޏެވެ. އަދި ބޭންކުން މިހާރު މިވަނީ މި މަރުޙަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވެސް ވަނީ ބުނެފަ އެވެ.