ENGLISH
25 ޖުލައި 2025
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީ: އެމެޖެންސީ ސާރވިސަސްގެ ޑްރިލް އެއް ކުރިއަށް ގެންގޮސްފި
23 ޖުލައި 2025
|
އެމެޖެންސީ ސާރވިސަސްގެ ޑްރިލް ކުރިއަށް ގެންދިއުން -- ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއާރޕޯޓް އެމެޖެންސީ ސާރވިސަސްގެ ފަރާތުން އެއާޕޯޓު އާ ފަސިންޖަރ ޓާމިނަލް އޮޕަރޭޝަނަލައިޒް ކުރުމަށްޓަކައި އެމަޖެންސީ ރެސްޕޮންސް ޑްރިލް ވަނީ ކުރިއަށް ގެންގޮސްފި އެވެ.
މި ޑްރިލްގައި އެމަޖަންސީގެ ތަފާތު ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަނީ ޓެސްޓް ކޮށްފަ އެވެ.
އޭގެ ތެރޭގައި، ފަސިންޖަރުންނަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ، އެންބިއުލަންސް މެދުވެރިކޮށް އަވަސްފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެ ކުރު މަގުތައް ދެނެގަނެވި، އެކަންކަން ޔަޤީން ކޮށްފައިވެ އެވެ.
މިއީ ބައިނަލްއަޤުވާމީ ގޮތުން ބަލާ ފަޔަރ އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ، މަތީފެންވަރުގެ ފަޔަރ އެންޑް ސޭފްޓީގެ ޚިދުމަތް ފޯރުކޮށްދެވޭނެ ޓާމިނަލްއެއްކަން އެމަޖެންސީ ސާރވިސަސްގެ ތެރެއިން ކަށަވަރުކޮށްފައިވާ ކަމަށް އެމެޖެންސީ ސާރވިސަސް އިން ބުނެ އެވެ.
މި ޑްރިލް އަކީ، ދިމާވެދާނެ ޙާލަތަކަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވުނު ހަރަކާތެއް ނަމަވެސް، އަލިފާނުގެ ހާދިސާއެއް ހިނގައި ފަސިންޖަރުން އެމަޖެންސީގައި ބޭރަށް ނެރެންޖެހޭ ފަދަ ޙާލަތެއް މެދުވެރިވުމަކީ ވަރަށް ދުރުކަމެއް ކަމަށް ވެސް އެމަޖެންސީ ސާރވިސަސް އިން ބުނެ އެވެ.
މިއީ އަލިފާނުގެ ހާދިސާގެ ހިނގުމުން، ކުއްލި ހާލަތުގައި ސަލާމަތްތެރިކަމާއެކު ފަސިންޖަރުން ޓާމިނަލުން ބޭރަށް ގެންދިއުމުގެ މޮކަޕް ޑްރިލްއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރާކާތުގައި ޓާމިނަލްގައި ހަރަކާތްތެރިވާނެ ފަޔަރ ވާޑެންސްގެ ހަރަކާތްތައްވެސް ބަލައި ޓެސްޓްކޮށްފައިވެ އެވެ. އެގޮތުން އާ ޓާމިނަލުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ވަނީ ފަޔަރ ވާޑެންގެ ގޮތުގައި ތަމްރީން ކޮށްފަ އެވެ.
އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އެއާޕޯޓުގެ ޚިދުމަތް ބޭނުންކުރައްވާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ޚިދުމަތެއް ފޯރުކޮށް ދިނުމަށެވެ.