ENGLISH

25 ޖުލައި 2025

Advertisement

ވެލިދޫއަށް އުފާވެރިކަން؛ ބިން ހިއްކުމާއި، ހޮސްޕިޓާ ހިމެނޭހެން ތަރައްގީގެ އީދެއް

23 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ވެލިދޫއަށް ރައީސް ވަޑައިގަތުމުން ރަށުގެ ރައްޔިތުން މަރުހަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް

ނ.ވެލިދޫގެ ބިން ހިއްކަން ފެށުމުގެ މަޝްރޫއާއި އެ ރަށުގެ އައު ހޮސްޕިޓާ ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިފިއެވެ. 

ރައީސލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ނ.ވެލިދޫއަށް އެމަނިކުފާނު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. 

ވަކިވަކިން ބޭއްވި ހަފުލާތަކެއްގައި އެ ރަށުގައި ކުރިއަށްގެންދާ  މުހިއްމު ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވެއެވެ. އަލަށް މަސައްކަތް ފެށި މަޝްރޫއުތަކުގެ ތެރޭގައި ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއާއި ހޮސްޕިޓާ ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެއެވެ. 

ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އޭގެ އިތުރަށް އެ ރަށުގެ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާވެސް މިއަދު އަޅުއްވާފައިވެއެވެ. އެ އިމާރާތުގެ ބިންގާ އެޅުއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި މަސައްކަތް ހަވާލުކޮށްފަައިވަނީ އާރްޑީސީއާއެވެ. 

އޭގެ އިތުރަށް އެ ރަށުގައި އަލަށް އަޅާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވާފައިވެއެވެ. އަދި އެ ރަށުގައި ގާއިމުކުރާ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ސެންްޓަރުގެ ބިންގާވެސް އަޅުއްވާފައިވެއެވެ. މި ދެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. 

ރައީސް ނ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެކި ރަށްރަށުގައި ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ގެންދަވަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ބައެއް ރަށްރަށުގައި ސަރުކާރުން ނިންމާފައި ހުރި މަޝްރޫއުތައް އެމަނިކުފާނު ގެންދަވަނީ އިފުތިތާހުކޮށްދެއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު