ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޯވެ ބޮޑު ގެއްލުމެއް

23 ޖުލައި 2025

|

އަޙުމަދު ޙަމީދު

ދޯނީގައި އަލިފާން ރޯވެފައި --

ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޯވެ ބޮޑު ގެއްލުމެއް ވެއްޖެ އެވެ.

އަލިފާން ރޯވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ދޯނީގެ ވެރިފަރާތުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ދޯނީގައި ތިބި މީހުން ރަށަށް ބޭއްވި ވަގުތު ދޯނީގައި މީހަކު ނެތި އެވެ.

އެހެން ކަމުން މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ދޯނީގައި ވަރަށް ބޮޑަށް ހުޅުހިފާ ބައެއް މުދާ އަނދައިގެން ގޮސް ބޮޑު ގެއްލުމެއް ވަނީ ވެފަ އެވެ.

ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ބައެއް މުދާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. 115 ފޫޓުގެ މި ދޯނީގައި ރޯވީ މިއަދު މެންދުރު ކުރީ 11 ޖެހިއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު