ENGLISH
26 ނޮވެމްބަރު 2024
އިޒްރޭލުގެ ބޮޑުވަޒީރު ހައްޔަރުކުރަން ނެރުނު އަމުރަށް ރާއްޖެއިން މަރުޙަބާ ކިޔައިފި
22 ނޮވެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ގައި ތަގްރީރު ކުރައްވަނީ.
އެންމެ މަޤްބޫލު
އިޒްރޭގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ) އިން ނެރުނު އަމުރު ގުޅިގެން ދިވެހި ރާއްޖެއިން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ޕޯސްޓެއް ކުރައްވައި، މި ނިންމުމަކީ ފަލަސްޠީނުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީކުރުވުމަށް ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން އައިސީސީގެ ނިންމުމަށް އިޙްތިރާމްކުރާކަމާއި، މި ޙުކުމް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ، ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރުމަށް މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އައިސީސީގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ޚާންގެ އޮފީހުން ވަނީ ނަތަންޔާހޫ އާއި ގަލާންޓްގެ އިތުރުން ޙަމާސް ޖަމާޢަތުގެ އިސް ތިން ވެރިއަކު ހައްޔަރުކުރުމަށް އަމުރު ނެރުމަށް ގޮވާލައިފައެވެ.
އައިސީސީއަކީ 2002 ވަނަ އަހަރު އުފެދުނު، ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. އައިސީސީގެ މެންބަރު ޤައުމުތަކުގެ މައްޗަށް މި ކޯޓުގެ ނިންމުންތަކާއި އަމުރުތައް ތަންފީޒުކުރުން ލާޒިމުކުރެއެވެ.