ENGLISH

16 އޭޕްރީލު 2026

Advertisement

މިޔަރެއް ހަމަލާދީ މީހެއްގެ ދެ ފައި ޒަޚަމް، އެއްފައި ބުރިކޮށްލައިފި

15 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ައައިޖީއެމްއެޗް --

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީފި އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ. މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލައިފަ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށާ ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު