ENGLISH
10 ސެޕްޓެމްބަރު 2025
ސަޢޫދީ ސަފީރު، ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
23 ޖުލައި 2025
|
ސަޢޫދީ ސަފީރު، ނާއިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަޢޫދީ ސަފީރު ވަނީ ދެ ޤައުމުގެ ޒަމާންވީ، އުޚުވަތްތެރި، ބަދަހި ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި ދީލަތި އެހީގެ އަގުވަޒަން ކުރައްވަނީ އިޚުލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.