ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ހޮޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

23 ޖުލައި 2025

|

ޢަލީ ޝަހީމް

ހޮޅޫދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ނ. ހޮޅުދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިިންގާ އަޅައިފިއެވެ. 

ހޮޅުދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވިއެވެ. 

ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަރިހުގައި ވަޑައިގެންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރު އަދި ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުޙައްމަދެވެ. 

ހޮޅުދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމެވެ. ސެންޓަރު ޤާއިމުކުރެވިގެންދިއުމާއެކު ޒުވާނުންގެ ދުޅަހެޔޮކަމަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ. 

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން ސަރުކާރުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ނ. ހޮޅުދޫއަށް ވަޑައިގެންނެވީ އިއްޔެ ހަވީރެވެ. އެރަށަށް ވަޑައިގެން ހޮޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިއްޔެ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ރޭ ވަނީ ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނ. ވިހަފަރުގައި، ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނޭކަމުގައި އިޢުލާނު ކުރައްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު