ENGLISH
23 ޖުލައި 2025
ގަޑިއެއްހާއިރުތެރޭ ހުރިހާ ސަރަޙައްދަކަށް އަލުން ކަރަންޓް ދީފި
23 ޖުލައި 2025
|
ސްޓެލްކޯގެ އިންޖީނު ރޫމް
ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި އެވެ.
މާލެއާ ހުޅުމާލޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓް ކެނޑުނީ މިރޭ 12:30 ހާއިރު އެވެ. އެ ވަގުތުން ފެށިގެން މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ ޓެކްނީޝަނުން ވަނީ މަސައްކަތް ފަށާފަ އެވެ:
އަދި ކަރަންޓް ކެނޑުނުތާ ގަޑިއެއްހާއިރު ތެރޭ ހުރިހާ ސަރަޙައްދަކަށް އަލުން ވަނީ ކަރަންޓްގެ ޚިދުމަތް ދީފަ އެވެ.
އެ ކުންފުނިިން ވަނީ ޚިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެދިފަ އެވެ.
އަދި ކަރަންޓް ކެނޑުމާއި ގުޅިގެމް ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން އެ ކުންފުނިން ވަނީ މަޢާފަށް އެދިފަ އެވެ.