ENGLISH
23 ޖުލައި 2025
ވާވު ފަރަކަށް އަރާފައިވާ ބޯޓެއް އޮޔާ ދަނީ، ސަމާލުވާން އެދިއްޖެ
22 ޖުލައި 2025
|
އޮޔާދާ ބޯޓް -- ފޮޓޯ: އެމްއެންޑީއެފް
ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓި އޮޔާދާތީ ސަމާލުވާން އެދިއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެ ބޯޓް ފަރުން ނެއްޓި އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށް ވެެސް ބުންޏެވެ.
އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.