ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފި

22 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ވީއައިއޭ ޓާމިނަލްގެ ކައިރިން ނަގާފައިވާ މަންޒަރެއް. --

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް ހުޅުވުމުގެ ގޮތުން މި ޖުލައި މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގެ އެންމެހާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި އެ ދުވަހު އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

އެގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ، ޖުލައި 26 ވަނަ ދުވަހުގެ ރޭގަނޑު 19:00 އިން ފެށިގެން 23:30 އާ ހަމައަށް އެއަރޕޯޓަށް ވަދެ ނިކުތުމަށް ވަކި ބަދަލުތަކެއް ގެނެސްފައެވެ.

އެމްއޭސީއެލް އިން ބުނީ، އެއަރޕޯޓަށް ވަންނަ މަގާއި، އަދި ޓާމިނަލް ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދެވިފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ.

މިވަގުތުތަކުގައި ޓެކްސީ އަދި އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކަށް ޕޮލިސް ޕޯސްޓް އަދި އިރުމަތީ ފަރާތު ޕާކިންގ ސަރަހައްދަށް އާދެވޭނެ ކަމަށާއި، ޓާމިނަލް ސަރަހައްދަށް ދިއުމަށް އެމްއޭސީއެލްގެ އުޅަނދުތައް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ބަދަލާއެކު، ފެރީ އަދި ބަހުގެ ޚިދުމަތް މެދުކެނޑުމެއްނެތި މާލެ އާއި ހުޅުމާލެއިން ހުޅުލެ އަށް ދާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު