ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އައްސަވައިފި، ދެއްވީ ޒަކިއްޔާގެ މަރަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން

22 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވަނީ -- ފޮޓޯ: ވޮއިސް

ނ. ހޮޅުދޫގައި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާ ގައި ތަހުޤީޤު ފުރިހަމަ ކުރައްވާ އިންސާފު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު އެ ޔަޤީންކަން ދެއްވީ ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ހޮޅުދޫއަށް ރައީސް ވަޑައިގެންނެވީ މިއަދު ހަވީރު އެވެ. އެ ވަގުތު ޒަކިއްޔާގެ އާއިލީ ބައެއް މީހުންނާއި ރަށުގެ ބައެއް ރައްޔިތުން ތިބީ އެކި ޝުޢޫރުތައް ލިޔެފައިވާ ބެނާތައް ހިފައިގެންނެވެ.

ރައީސް ވަނީ އެ އިހްތިޖާޖު ކުރަމުން އައި މީހުން ކައިރިއަށް ވަޑައިގެން އެ ރައްޔިތުންނާއި ވަކީން ބައްދަލު ކުރައްވާފަ އެވެ. އެ ރައްޔިތުންގެ ހުރިހާ ވާހަކަތަކެއް ރައީސް އަޑުއެއްސެވި އެވެ. އަދި ޔަޤީންކަން ދެއްވީ ޒަކިއްޔާގެ މަރަށް އިންސާފު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމެވެ. 

އެމަނިކުފާނު ވަނީ އެ މައްސަލައިގެ ތަޙުޤީޤު ވަރަށް ގާތުން ބައްލަވާ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ރައްޔިތުން ވަނީ ރައީސް, އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވިކަން ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ނ. ހޮޅުދޫ، ނިއުލައިފް، ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު