ENGLISH
10 ސެޕްޓެމްބަރު 2025
ގެއްލުނު ޒުވާނާ ބްރިޖު މަތީން މޫދަށް ފުންމާލަނިކޮށް ސީސީޓީވީ ފްޓޭޖުން ވަނީ ފެނިފައި: ފުލުހުން
22 ޖުލައި 2025
|
ގެއްލިގެން ހޯދަމުންދާ ޒުވާނާ
ގެއްލުނު ޒުވާނާ ބްރިޖު މަތީން މޫދަށް ފުންމާލަނިކޮށް ސީސީޓީވީ ފްޓޭޖުން ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން އައީ ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) އެވެ. ފުލުހުން މިއަދު ނެރެނު ބަޔާނެއްގައި ބުނެފައި ވަނީ ޔާމީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާ ކޮށްފައިވާ ކަމަށެވެ. މި ގޮތުން ޖުލައި 13 ވަނަ ދުވަހުގެ ފަތިހު 3:24 ހާއިރު ޔާމީން, ސިނަމާލެ ބްރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
މި މައުލުމާތު އާއިލާއާ ހިއްސާކޮށް އާއިލާއާ ވަރަށް ގާތުން ތަޙުޤީޤޔު ޓީމުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ބުންޏެވެ.
މި މައްސަަލައިގެ ތަހުޤީޤަށް ލިބުނު މި މަޢުލޫމާތާއި ގުޅިގެން މެރީން ޕޮލިހާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ގުޅިގެން ޔާމީން ހޯދުމުފެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ވަނީ ޔާމީން ގެއްލުނު ހާދިސާއާ ގުޅިގެން ސައްޙަކަން ކަށަވަރު ނުކުރެވޭ މަޢުލޫމާތުތައް ނުފަތުރަން ވެސް އިލްތިމާސް ކޮށްފަ އެވެ.