ENGLISH
10 ސެޕްޓެމްބަރު 2025
މަތީތައުލީމުގެ ލޯނަށް އެދުނު މީހުންގެ ވަގުތީ ނަތީޖާ އިޢުލާނު ކޮށްފި
22 ޖުލައި 2025
|
މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންތަކެއް --
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު އިއުލާނު ކޮށްފި އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބުނީ މި އަހަރު ހުޅުވާލި ފުރުސަތަށް ވަރަށް ގިނަ ބަޔަކު ކުރިމަތިލާފައިވާ ކަމަށެވެ. އެ ގޮތުން ހުޅުވާލީ ލޯނު ފުރުސަތުގެ 500 ޖާގައަށް 1338 މީހަކު ވަނީ ކުރިމަތިލާފަ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ލޯނަށް ޝަރުތު ހަމަވަނީ 806 މީހެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށާ ލޯނަށް ޝަރުތުހަމަނުވާ މީހުންނަށް އެކަމުގެ ސަބަބު ވެސް ފެންނާނެ ހެން އާންމުކޮށްފައިވާނެ ކަމަށެވެ.
ވަގުތީ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހުށައެޅޭނެ ކަމަށާ އެ ފުރުސަތު އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.