ENGLISH
10 ސެޕްޓެމްބަރު 2025
މާލެއާ ހުޅުމާލޭގައި ވަޤުފް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފި
22 ޖުލައި 2025
|
މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުން -- ފައިލް ފޮޓޯ
މާލެއާ ހުޅުމާލޭގައި ވަޤުފް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ހުޅުމާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް ދާރުލް ސަލާމް އާއި މާލޭގައި ބިނާކުރާ ވަޤުފް ޢިމާރާތް ދާރުލް އަރްޤަމް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނު ކުރާ ކަމަށެވެ.
އެ ވުޒާރާ އިން ބުނި ގޮތުގައި މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ ކުރީން ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.
ދާރުލް އަރްޤަމް އިމާރާތް ކުރަނީ މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގަ އެވެ. ދާރުލް ސަލާމް އިމާރާތް އަޅަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) ގަ އެވެ.
ވަޤްފު އިމާރާތްތައް ގިނަ ކުރުމާއި ވަޤްފު އިމާރާތް އަޅަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.