ENGLISH
10 ސެޕްޓެމްބަރު 2025
އަޑު އުފުލައި އިހުތިޖާޖުކުރުމުގެ މިނިވަންކަން ދެއްވުމުގައި ރައީސް ޑރ.މުޢިއްޒު ހަމަ ތަފާތީ
22 ޖުލައި 2025
|
ރައީސް ސޯލިހުގެ ވެރިކަމުގައި އިހުތިޖާޖުކުރުމުން ފުލުހުން އަމަލުކުރި ގޮތާއި ރައީސް މުއިއްޒުގެ ކުރިފުޅުމަތީ އަޑުއުފުލުމުން އެމަނިކުފާނު އަމަލުކުރެއްވި ގޮތް
އަޑުއުފުލުމާއި އިހުތިޖާޖުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމަައުތަކުގައި އޮންނަ ކަންކަމެވެ. އޮންނާންޖެހޭ ކަންކަމެވެ. ރާއްޖެ ޑިމޮކްރެޓިކް ދައުލަތަކަށް ހޭލި ފަހުން ކުރަމުން އައިސްފައި އޮތް ތަޖުރިބާއަކީ ވެރިން ކުރިމަތީ އަޑުއުފުލުމާއި އިހުތިޖާޖުކުރުމުގެ ހައްގު ލިޔުމުގައި ތަންމިނަށް އޮތް ނަމަވެސް އަމަލީ ގޮތުން އެ ހައްގު ނުލިބުމެވެ.
މި ތަޖުރިބާއަކީ ފާއިތުވި ވިއްސަކަށް އަހަރު ތެރޭ ދިވެހިން ކުރަމުން އައި ތަޖުރިބާއެއް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ބަދަލު ފެންނަން ފަށައިފިއެވެ. ލިޔުމުގައި އޮންނަ މިނިވަންކަމާއި ހައްގުތައް އަމަލީ ގޮތުންވެސް ރައްޔިތުންނަށް ލިބޭކަން އަދި ލިއްބައިދެވޭނެކަން ދިވެހިން ތަޖުރިބާކުރަން ފަށައިފިއެވެ.
މިއަދަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ދިވެހިންނަށް ހޯދައިދެއްވުމުގައި، އަދި ދުސްތޫރީ ގޮތުން ކޮންމެ ދިވެއްސަކަށްމެ ލިބިގެންވާ މިނިވަންކަން ބޭނުންކުރުމުގައި، ތަފާތުކުރުމެއް ނެތި އެ ފުރުސަތު ރައީސް ޑރ.މުޢިއްޒު ދެއްވާނެކަން ވަރަށް ސާފުކޮށް ފެނިގެންދިޔަ ދުވަހެކެވެ.
ނ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ކުޑަފަރިއަށް ވަޑައިގެން އެމަނިކުފާނު ރަށުގައި ހިންގަވާފައި ވަޑައިގެންނެވިއިރު، އަންހެނަކު ނުކުމެ އަޑުގެ ނެތްކޮޅަށް އެމަނިކުފާނަށް އެތިވަރު ގޮވީއެވެ. ފާޑުކިޔުމާއި އާޑަފުރައްސާރައިގެ ތަފާތު ދިވެހިންނަށް ރަނގަޅަށް އަދިވެސް ދަސްނުވާތީ އެ މީހާ ގޮވި ފަތިވަރަކީ މުޅިންހެން އާޑަފުރައްސާރައެވެ. ގައުމުގެ ރައީސަށް ދޭންވާ އިހުތިރާމު ދިނުމެއް ނެތި ހަށިގަނޑުން ޖެއްސުނުހައި ވައްތަރެއް ޖައްސަމުން އަޑުގެ ނެތްކޮޅަށް އެގޮވިހައި ތަކެއްޗެއް ގޮވީ ސީދާ ރައީސްގެ ކުރިފުޅުމަތީއެވެ. އޭނާ ކިޔާނެ އެއްޗެއް ކިޔަން ހުއްޓައި ކައިރިން ރައީސާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރައްވާ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވަޑައިގަތީއެވެ.
ހަމަ މި ދަތުރުފުޅުގެ ތެރެއިން ފާހަގަވި އަނެއްކަމަކީ ރައީސް ރަށަކަަށް ވަޑައިގެންނެވިއިރު ޒުވާނުންތަކެއް ބޯޑުތަކެއް ހިފައިގެން ކަމަކާ އިހުތިޖާޖުކުރަން ތިބި ތިބުމެވެ. އެ ޒުވާނުން އަރިހަށް ވަޑައިގެން އެ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވިއެވެ. އެ މަންޒަރުވެސް އެހުރީ ފެންނާށެވެ.
ފާއިތުވި ފަސް އަހަރު ރާއްޖޭގައި ވެރިކަންކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގަތުމުން އިހުތިޖާޖުކުރަން ރައްޔިތުން ނުކުތެވެ. ކަންވީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުން މިއަދުވެސް އެ ހަނދާން ހުންނާނެއެވެ. ފުލުހުން ނުކުމެ އިހުތިޖާޖަށް ނުކުތް މީހުން ދަމާ ކޫއްތައިގެން ގެންދިޔަ ގޮތެވެ. އަޑުއުފުލަން ނުކުތް މީހުން ފަހަަތަށް ޖައްސައި ރައީސް ސޯލިހަށް ފެނިވަޑައިނުގަންނަވާނެ، އަދި އެ މީހުންގެ އަޑު އެމަނިކުފާނަށް އިވިވަޑައިނުގަންނަވާނެހާ ދުރަށް ގެންދިޔައީއެވެ.
ބައެއް ހާދިސާތަކުގެ ހަނދާން އައުކޮށްލަމާ ހެއްޔެވެ. ރައީސް ސޯލިހު ފުވައްމުލަކަށް ވަޑައިގެންނެވިއިރު އެ ސިޓީގައި އިދިކޮޅު ކޯލިޝަނުން އިހުތިޖާޖުކުރަން ތައްޔާރުވިއެވެ. އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުލުހުން އުކައިގަތީ ކަރުނަގޭހެވެ. އަތްތަކުގައި ހުރި މުގުރުބުރިއާއި ޝީލްޑުތައް އަމާޒުވީ އިހުތިޖާޖަށް ނުކުމެ ތިބި ރައްޔިތުންގެ ހަށިތަކާއެވެ. މީހުން ފަހައިގަތް ގަތީނުން ބައެއް މީހުން ބިން މައްޗަށް ވެއްޓުމުން ފުލުހުންނަށް އެމީހުން ގަޔަށްވެސް އެރުނެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައިވެސް ފުލުހުންގެ އިދާރާގައި ތިބީ އެއްބައެކެވެ. ރަށްރަށުގައި ތިބި ފުލުހުން ރައީސްގެ ދަތުރުފުޅުތަކާ ގުޅިގެން ރައަޓް ގިއަރުގައި އެއް އަތަށް މުގުރުބުރި ލައިގެން އަނެއް އަތުން ޓިއަރ ގޭސް ކެނިސްޓަރތައް އުކަމުން، މީހުން ފަހަތުން ނުދުވަނީ ކީއްވެހެއްޔެވެ؟
ގާނޫނުއަސާސީ ތަސައްވަރުކުރި މިނިވަންކަން ދެއްވަން ކެރިވަޑައިގެންނެވި ރައީސަކު ވެރިކަމުގައި ހުންނެވުމުން، އެގޮތަށް އުޅެން ފުލުހުންނަށް މަޖުބޫރުކަމެއް ނެތީއެވެ. ހުތުރުކޮށް އެއްޗެހި ކިޔާ މީހާވެސް އަދި ރީތިކޮށް ފާޑުކިޔާ މީހާވެސް އެ ދައްކާ ވާހަކައެއް އަޑުއެއްސެވުމުގެ ގާބިލުކަން ހުރި ވެރިޔަކު ރައީސްކަމުގައި ހުންނެވުމުން އެފަދަ މަންޒަރުތައް ނުފެންނަނީއެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މިހާތަނަށް ވެރިކަންކުރެއްވި އެހެން ހުރިހާ ބޭފުޅުންނާ ރައީސް ޑރ.މުޢިއްޒު ތަފާތީއެވެ. އެންމެ ބޮޑު ތަަފާތަކީ ހަމަ ސިިޔާސީ ވާދަވެރިންނަށް، ފާޑުކިޔާ މީހުންނަށް، ހަރަކާތްތެރިވުމުގެ ޖާގައާއި މިނިވަންކަން ދެއްވަން ކެރިވަޑައިގަތުމެވެ.