ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އައު ޓާރމިނަލް ހުޅުވުމުގެ ތައްޔާރީތައް: އެވްސެކޮމްގެ ޓްރަޔަލްތައް ކުރިއަށް ގެންގޮސްފި

22 ޖުލައި 2025

|

އަޙުމަދު ޙަމީދު

އައު ޓާރމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން އެވްސެކޮމްގެ ޓްރަޔަލްތައް ކުރިއަށް ގެންދިއުން --

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް، ރަސްމީކޮށް ހުޅުވުމުގެ ކުރިން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) އިން އަދާކުރާ ޒިންމާތަކާ ގުޅޭ ޓަރަޔަލްތައް ބާއްވައިފި އެވެ. 

އެވްސެކޮމްގެ ކަމާގުޅޭ މުވައްޒަފުން އައު ޓާރމިނަލްގައި ކުރިއަށްގެންގޮސްފައިވަނީ، ޓަރމިނަލްގެ ހުރިހާ އެކްސެސް ޕޮއިންޓްތަކުގެ ސަލާމަތީ ކަންކަމާއި، ބެގޭޖް ސްކްރީނިންގ ސިސްޓަމްތަކާ އަދި ފަސިންޖަރުންނާއި އެހެން ފަރާތްތަކުގެ ބޮޑީ ޗެކް ކުރުމުގެ ޓަރަޔަލްތަކެވެ. 

އައު ޓާރމިނަލްގައި ބޭނުންކުރަން ހަމަޖެހިފައިވާ ބެގޭޖް ސްކްރީނިންގ ސިސްޓަމްތަކަކީ އެންމެ ޒަމާނީ ކޮމްޕިއުޓެޑް ޓޮމޮގްރްފީ (ސީ.ޓީ) އެކްސް-ރޭ ޓެކްނޮލޮޖީ އެކުލެވޭ، ބެގޭޖްތަކުގެ 3ޑީ އިމޭޖިންގެ ދަށުން، ގޮވާތަކެއްޗާއި އެހެނިހެން ނުރައްކާތެރި ބާވަތްތައް ދެނެގަތުމުގެ ޤާބިލްކަން ހުރި ސިސްޓަމްތަކެއް ކަމަށް އެވްސެކޮމް އިން ބުނެ އެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު