ENGLISH
10 ސެޕްޓެމްބަރު 2025
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެއްސަކާ ތައިލެންޑް މީހަކު ހައްޔަރު ކޮށްފި
22 ޖުލައި 2025
|
ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން -- ފޮޓޯ: ޕޮލިސް
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދިވެއްސަކާ ތައިލެންޑް މީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި އެ މީހުން ހައްޔަރު ކުރީ އައްޑޫސިޓީ މީދޫގައި ''ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ'' ގެ ނަމުގައި ހިންގަމުންދާ ތަނެއްގައި ހަށިވިއްކާމަށް ލިބުނު މަޢުލޫމާތާ ގުޅިގެންނެވެ.
މި ޖުލައި މަހުގެ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް (36އ) އެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.