ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މިނިވަން ދުވަހުގެ ތައްޔާރިތައް ކުރިއަށްދާތީ އިއްޒުއްދީން ފާލަން ސަރަހައްދު ބަންދުކުރަނީ

22 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އިއްޒުއްދީން ފާލަން، ފޮޓޯ: ދައުރު

މިނިވަންދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ރިހާސަލް ކުރިއަށްދާތީ އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް، ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، ހަވީރާއި ރޭގަނޑުގެ ބައެއް ވަގުތުތަކުގައި އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ބަންދުކުރަން ނިންމައިފިއެވެ. 

ފުލުހުން މިއަދު އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބަދަލުކުރަނީ މިއަދުން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި ކޮންމެ ދުވަހަަކު ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް އެ ސަރަހައްދު ބަންދުވާނެއެވެ. 

އެއްގަމު ދަތުރުފަތުރަށް ގެނައި ބަދަލުތަކުގެ އިތުރަށް އެ ގަޑިތަކުގައި އިއްޒުއްދީން ފާލަން ކައިރިއަށް އަދި އެ ސަރަހައްދަށް ކަނޑު އުޅަނދުފަހަރަށް ކައިރިނުކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

މިއަދު ހެނދުނުވެސް އެ ސަރަހައްދުގެ ބޮޑު ބައެއް އޮތީ ބަންދުކޮށްފައެވެ. 

މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބާ ފާހަގަކުރަ އަހަރުކަމަށްވާތީ މިނިވަންދުވަހުގެ އިހުތިފާލުތައް ކުލަގަދަކޮށް ކުރިއަށްގެންދިއުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މި އަހަރު ގިނަ ހަަރަކާތްތަކެއް މިނިވަންދުވަހާ ގުޅިގެން ބާއްވާނެއެވެ. 

އެގޮތުން ޖުލައި 26 ވަނަ ދުވަހާއި 27 ވަނަ ދުވަހު އަދި 28 ވަނަ ދުވަހުވެސް މިނިވަންދުވަސް ފާހަގަކުރުމަށް ބާއްވާ އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު