ENGLISH
10 ސެޕްޓެމްބަރު 2025
މާޅެންދޫގައި ވެސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް، ޢަމަލީ މަސައްކަތް ފަށައިފި
22 ޖުލައި 2025
|
މާޅެންދޫ ފިޓްނަސް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުން
މުޅި ރާއްޖޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ތަރައްޤީކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ނ. މާޅެންދޫގައި ބިނާކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ 13 ރަށަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މާޅެންދޫއަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައެވެ.
މާޅެންދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު ދުވަހުގެ މުއްދަތަކަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެރަށްތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވާލައްވައި ބައެއް މަޝްރޫޢުތައް އަންނަނީ އަލަށް ފައްޓަވައިދެއްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އަންނަނީ ބައިވެރިވަޑައިގަންނަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ދެ އަހަރުތެރޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތައް މީހުން ދިރިއުޅޭ ރަށްތަކުގައި ޤާއިމުކުރުމެވެ. އެ އަމާޒަށް ވާސިލްވުމަށް ގިނަ ރަށްތަކެއްގައި އެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ހަވާލުކޮށްފައެވެ.