ENGLISH
10 ސެޕްޓެމްބަރު 2025
ކޭޕާކް ރެސިޑެންސް މައްސަލައާ ގުޅޭ ގަރާރު މަޖިލީހުން ބަލައިގަނެފި
22 ޖުލައި 2025
|
ހުޅުމާލޭގައި ތަރައްޤީކުރާ ކޭޕާކް ރެސިޑެންސް ވިއްކުމުގައި އޮޅުވާލައި މަކަރުހެދި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ގަރާރު މިއަދު މަޖިލީހުން ބަލައިގަނެފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މި ގަރާރު ބަލައިގަތުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި 61 މެންބަރުން ވޯޓު ދެއްވިއެވެ.
ގަރާރު ވަނީ ދިރާސާކުރުމަށް ގެދޮރުވެރިކަމުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާތައް:
މި ގަރާރު ހުށަހަޅާފައިވަނީ ކޭ-ޕާކް ރެސިޑެންސްގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމާމެދު މަޖިލިސް މެންބަރުން ދެކޭގޮތް ދެނެގަތުމަށެވެ.
މި މައްސަލައިގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރުހަދާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކަށް ސަރުކާރުން ޢަމަލުކުރާނެ ގޮތެއް ބެލުމަށް މަގުފަހިވެގެންދާނެއެވެ.
މި ގަރާރަށް ބަހުސްކުރައްވަމުން ސަރުކާރު ހިންގާ ކޮންގުރެސް ޕާޓީގެ މެންބަރުންވަނީ ކުރީ ސަރުކާރުތަކުގައި މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި، މިފަދަ މައްސަލަތައް ކުރިމަތިނުވާނެހެން ގާނޫނުތަކަށް މި ސަރުކާރުން ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރައްވާފައެވެ.