ENGLISH
10 ސެޕްޓެމްބަރު 2025
ރާއްޖޭގެ ހުރިހާ ރަަށެއްގައި ފެނާއި ނަރުދަމާ 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކުރުން ލާޒިމުކުރަނީ
22 ޖުލައި 2025
|
ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފު މުހައްމަދު، ފޮޓޯ: މަޖިލިސް
ރާއްޖޭގެ ހުރިހާ ރަށެއްގައި 2027 ވަނަ އަަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާ ގާއިމުކުރުން ލާޒިމުކުރުމަށް ފެނާއި ނަރުދަމާގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކޮށް 2027 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމަންވާނެ ކަމަށެވެ.
އަދި ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް އެ މުހުލަތުުގެ ތެރޭގައި ގާއިމުކޮށް ހަމަޖެއްސުމަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ ޒިންމާއެއްގެ ގޮތުގައި އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ގާނޫނުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރަންޖެހެއެވެ. އެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށީ 2020 ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ.
ކުރީ ސަރުކާރުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާައިމުކުރުމުގެ މަސައްކަތް ފެށި ނަމަވެސް ވެރިކަމުގެ ދައުރުގައި އެ މަސައްކަތްތައް ނިންމައިނުލެވުނެވެ. ގިނަ މަސައްކަތްތައް ސަރުކާރު ބަދަލުވިއިރު ހުރީ މަޑުޖެހިފައެވެ.
މި ސަރުކާރުން އަންނަނީ އެ މަސައްކަތްތަައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މި ސަރުކާރުގެ ވެރިކަމުގެ ދޮޅު އަހަރު ތެރޭގައި ނިންމައި އިފުތިތާހުކުރެވިފައިވެއެވެ.
އެގޮތުން މި ހަފުތާގައި ރައީސް ނ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ މާފަރުގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ހިދުމަތް އެމަނިކުފާނުވަނީ އިފުތިތާހުކޮށްދެއްވާފައެވެ.