ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކްރިޕްޓޯއާ ގުޅުންހުރި ކުށްތައް ތަހުގީގުކުރުމަށް އިންޓަޕޯލްގެ ތަމްރީނު ޕްރޮގްރާމެއް ރާއްޖޭގައި

22 ޖުލައި 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ކްރިޕްޓޯ ކަރަންސީއާ ގުޅުންހުރި މާލީ ކުށްތައް ތަހުގީގުކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި، އިންޓަޕޯލްގެ ފަރާތުން ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 20 އިން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމް ބާއްވާފައިވަނީ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރު (IFCACC) ގެ އޮޕަރޭޝަނަލް ސަޕޯޓް ޓީމުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާބެހޭ ބަޔާތަކުގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 28 ބައިވެރިން މި ތަމްރީނުގައި ބައިވެރިވެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ބްލޮކްޗެއިންގެ އަސާސީ ހުނަރުތަކާއި، ބިޓްކޮއިން (Bitcoin) އަދި އެތީރިއަމް (Ethereum) ފަދަ ކްރިޕްޓޯ ކަރަންސީތައް ބޭނުންކޮށްގެން ކުށްތައް ހިންގާ އާންމު ގޮތްތަކުގެ މައްޗަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ކްރިޕްޓޯ ކަރަންސީގެ ސަބަބުން ތަހުގީގުތަކަށް ދިމާވާ މައިގަނޑު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ތަހުގީގުތައް ބައްޓަން ކުރަންވީ ގޮތުގެ މައްޗަށްވެސް ތަމްރީނު ދެވިފައިވެއެވެ. މި

ޕްރޮގްރާމުގައި މައުލޫމާތު ދެއްވާފައިވަނީ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގެ ކްރިޕްޓޯ ކަރަންސީގެ މާހިރުންނެވެ.

ކިޔުންތެރިންގެ ހިޔާލު