ENGLISH
10 ސެޕްޓެމްބަރު 2025
މަނަަދޫގައި އައު ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިފި
22 ޖުލައި 2025
|
މަނަދޫގައި ބިނާކުރާ ނ.އަތޮޅު ހޮސްޕިޓަލުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
ނ.މަނަދޫގައި އަޅާ އައު ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތރެެއިން އެ އަތޮޅުގެ މަނަދޫއަށް ވަޑައިގަތީ އިއްޔެ ހަވީރުއެވެ. އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވިއެވެ.
އަދި ރޭ މަނަދޫގައި ބޭއްވެވި ޖަލްސާއެއްގައި ރައީސްވަނީ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ސަރުކާރުން އެ ރަށުގައި ހިންގަން ގަސްތުކުރާ މަޝްރޫއުތަކާއި ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަފުޅުދައްކަވާފައެވެ.
މިއަދު އެރަށުން އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގަައި މަނަދޫގައި ހުންނަ ނ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ. އޭނާގެ އަރިހުގައި މަނަދޫ ކައުންސިލުގެ ރައީސްއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ ބައިވެރިވެވަޑައިގަތެވެ.
މަނަދޫގައި ގާއިމުކުރާ އައު ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތްކުރަން ހަވާލުކޮށްފަައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއުގެ ދަށުން އަޅާ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެއެވެ.