ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

21 ޖުލައި 2025

|

އަޙުމަދު ޙަމީދު

މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުން -- ފޮޓޯ: ރައީސް އޮފީސް

ނ. މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި އެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު, މަނަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕާސްޕޯޓް ދޫކުރުން އިފްތިތާޙު ކޮށްދެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން އެވެ. ޕާސްޕޯޓް ދޫކުރަން ފެށުމުގެ ގޮތުން އެ ރަށުގެ ރައްޔިތަކަށް, މިނިސްޓަރު ިއޙްސާން ވަނީ ޕާސްޕޯޓް ހަވާލު ކުރައްވާފަ އެވެ.

މަނަދޫ ކައުންސިލުން ބުނީ އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އެ ޚިދުމަތުގެ ފައިދާ މަނަދޫގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. މި ޚިދުމަތް ފެށުމަކީ ރައްޔިތުންނަށް ލިބުނު ފަސޭހައެއްގެ އިތުރުން ލިބުނު ބޮޑު ލުޔެއް ކަަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުމަށް ނިންމާފަ އެވެ. މިހާރުވެސް ވަރަށް ގިނަ އަތޮޅުތަކުން އެެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ހުރިހާ އަތޮޅަކުން އައިޑީކާޑު ހެއްދުމުގެ އިންތިޒާމާއި ބޮޑެތި އާބާދީތަކުން އެ ޚިދުމަތް ލިބޭނެ މަގު ފަހި ކުުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު