ENGLISH

23 ޖުލައި 2025

Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު އޮތް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

21 ޖުލައި 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް -- ފައިލް ފޮޓޯ

ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އޮތް މީހާ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މި ހާދިސާ ހިނގީ ސައުތު ޕޮލިސްގެ ރަށެއްގަ އެވެ. ސައުތު ޕޮލިސް ގައި ހިމެނެނީ ގއ އަތޮޅާއި ގދ އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އެވެ. ފުލުހުން ބުނި ގޮތުގައި އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 16 ވަނަ ދުވަހު ވަނީ ހުށައަޅާފަ އެވެ. 

އެ މައްސަލަ އެ ރަށުގެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ. އެއީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެ މީހާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު