ENGLISH

23 ޖުލައި 2025

Advertisement

އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާނުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

21 ޖުލައި 2025

|

އަޙުމަދު ޙަމީދު

އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުން -- ފޮޓޯ: ވޮއިސް

އަނިޔާވެރި ގޮތަކަށް މަރާލާފައިވަނިކޮށް އއ.މާޅޮހުން ފެނުނު އަބްދުއްރަަހްމާން އާދަމްގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

އަބްދުއްރަހްމާނު ވަރަށް ބޮޑަށް ޒަޚަމުކޮށްލާފައި އޮއްވާ ފެނުނީ އޭނާ އާއި އަނބިމީހާ ދިރިއުޅޭ ގެއިންނެވެ. ހަށިގަނޑު ފެނުނުއިރު ބޮލަށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަަމްކޮށްލާފައިވެ އެވެ.

އިތުރު ފަރުވާ ދިނުމަށް މާޅޮހު ސިއްހީ މަރުކަޒަށް އަބްދުއްރަހްމާން ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން އެރޭގެ ފަތިހު އޭނާ ނިޔާވި އެވެ. 

އެ ދުވަހު ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެއަށް ގެނެސްފައެވެ. މާލެއަށް އޭނާގެ ހަށިގަނޑު ގެނައީ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވުމަށެވެ. ފުލުހުން ބުނި ގޮތުގައި މިއަދު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިޔާގެ ޓްރިވެންޑްރަމަށް ވަނީ ފޮނުވާފަ އެވެ.

މިހާތަނަށް އެ މަސައްލާގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަނުކުރެއެވެ. ފުލުހުންވަނީ އެ މައްސަލައާ ގުޅިގެން ފޮރެންސިކް ހެކިތައް އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ތަހުޤީޤުގެ ތެރެއިން ރަަށުގެ ބައެއް މީހުންނާ ސުވާލުކޮށްފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު