ENGLISH
10 ސެޕްޓެމްބަރު 2025
އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
21 ޖުލައި 2025
|
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ފޮޓޯ: އަވަސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ޖޭއެސްސީން މިއަދު އެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލާފއިވަނީ ޖުލައި 29، 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ. އަދި އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެ މަގާމަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވޭނެ ކަމުގައި ޖޭއެސްސީން ބުނެފައިވެއެވެ.
އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަަރުތަކީ އުމުރުން 30 އަހަރުވެފައިވާ މީހަކަަށްވުމާއި ފަަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ފަނޑިޔާރުކަމައި ވަކާލާތުކުރުމުގައި ހަތް އަހރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވާންވާނެއެވެ.
އެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުއްތަމަފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު މުޢުތަޞިމު ޢަދުނާން އެ މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއާއި ފަލްސަފާގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި މުއުތަސިމު އުއްތަމަފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން އައު ގާނޫނުއަސާސީގެ ދަށުްނ އެކުލަވައިލެވުނު ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގައި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިދުމަތްކުރެއްވިއެވެ.
ގާނޫނު ބަދަލުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް އެއިރު ނިންމުމާ ގުޅިގެން އެއިރުގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ހުސައިން ފާއިޒާއެކު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހުން ނިންމިއެވެ.
މިއަދު ފަނޑިޔާރުކަމުން އެމަނިކުފާނު ރިޓަޔާކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ޕޯސްޓެއްގައި ސުޕްރީމް ކޯޓަށާއި، ޝަރުޢީ ދާއިރާއަށް މުއުތަސިމް ކޮށްދެއްވި އަގުހުރި ހިދުމަަތްތައް ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފައިވެއެވެ.
އައު އުއްތަމަަފަނޑިޔާރަކު އައްޔަންކުރެވެންދެން ވަގުތީ ގޮތުން ސުޕްރީމް ކޯޓު ހިންގެވުމާއި އުއްތަމަފަނޑިޔާރުގެ ހުރިހާ ޒިންމާއެއް ޖޭއެސްސީން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއެވެ.