ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ހެނބަދޫގައި އައު މިސްކިތެއްގެ ބިންގާ އަޅުއްވައިފި

21 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ހެނބަދޫ އައު މިސްކިތުގެ ބިންގާ އެޅުއްވުން

ނ.ހެނބަދޫގައި އައު މިސްކިތެއްގެ ބިންގާ މިއަދު އަޅުއްވައިފިއެވެ. 

މި މިސްކިތުގެ ބިންގާ އަޅުއްވާފައިވަަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ނ.ހެނބަދޫއަށް ކުރެއްވި ޒިޔާރާތުގައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

ހެނބަދޫގައި އަލަަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ އަރިހުގައި ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ބައިވެރިވެވަޑައިގެންފައިވެއެވެ. 

ހެނބަދޫގައި އަޅާ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އެ މަަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ފާއިތުވި މާޗު މަހުގައެވެ. 

ހެނބަދޫގެ އިތުރަށް ގިނަ ރަށްތަކެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ސަރުކާރު އެކި ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. އަދި ބައެއް ރަށްރަށުގައި އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތްވެސް އިސްލާމީ ވުޒާރާއިން ސަރުކާރު ބައެއް ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު