ENGLISH
10 ސެޕްޓެމްބަރު 2025
ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފި
21 ޖުލައި 2025
|
ހެނބަދޫ ފިޓްނަސް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުން، ފޮޓޯ: ރައީސް އޮފީސް
ނ.ހެނބަދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއެވެ.
ހެނބަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ މަސައްކަަތް ކޮންޓްރެކްޓުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ފިޓްނަސް ސެންޓަރުތަކުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި، އަންހެން ބޭފުޅުންނަށް ކަސްރަތު ކްލާސްތައް ހިންގޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މުޅި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރަމުންދާއިރު، ދާދިފަހުން އެ ވުޒާރާއިން ވަނީ ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި ހުރިހާ މަޝްރޫއެއްވެސް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއެވެ.