ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް އިފުތިތާހުކޮށްދެއްވަައިފި

21 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މާފަރުގެ ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް ޑރ.މުޢިއްޒު އިފުތިތާހުކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

ނ.މާފަރުގައި ގާއިމުކޮށް ނިމިފައިވާ ފެނާއި ނަރުދަމާގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. 

މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ރައީސް ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ހަަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މާފަރަށް ކުރެއްވި ޒިޔާރަތުގައި އެކަމަށް ބޭއްވި ހާއްސަަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވަޒީރުންނާއި ނ.އަތޮޅުގެ އެކި ދާއިރާތައް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. 

މާފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ 2020 ވަނަ އަހަރު ކުރީ ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. ނަމަވެސް އެއިރު އެ މަޝްރޫއުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވިއެވެ. ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެންގޮސް 2023 ވަނަ އަހަރު އެއިރުގެ ވެރިކަން ބަދަލުވިއިރުވެސް މި މަޝްރޫއު ނިމިފައިނުވެއެވެ. 

މި ސަރުކާރު ވެރިކަމާ ހަވާލުވެ މިގޮތަށް ދިގުލައިގެން ގޮސްފައިހުރި މަޝްރޫއުތައް އަވަސްކުރުމަށް އެޅި ފިޔަވަޅުތަކާއެކު، މި މަޝްރޫއުގެ މަސައްކަތް ނިންމައިލެވިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެއަށްފަހު ރަށުގެ ގޭގެއަށް ހިދުމަތް ގުޅައިލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރިއަށްގެންގޮސް މަސައްކަތް ނިންމައިލިއެވެ. 

އެ މަޝްރޫއުގެ ދަށުން އާރްއޯ ޕްލާންޓު ބަހައްޓަން އިމާރާތެއް އަޅައި، ފެނާއި ނަރުދަމާގެ ހޮޅީގެ ވިއުގަ ވަޅުލައި، ގޭގެއަށް ފެނާއި ނަރުދަމާ ގުޅައިފައވެއެވެ. އަދި ފެން ރައްކާކުރާނެ ތާނގިތައް ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަމްޕިން ސްޓޭޝަން ގާއިމުކޮށް، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވެއެވެ. 

އޭގެ އިތުރަށް ފެނުގެ ކޮލިޓީ ކަށަވަރުކުރުމަށް ހަދަންޖެހޭ ތަހުލީލުތައް ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދީފައިވެއެވެ. 

މި މަޝްރޫއަކީ ގާތްގަނޑަކަށް 95 މިލިއަނެއްހައު ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫއެކެވެ. 

ކިޔުންތެރިންގެ ހިޔާލު