ENGLISH
10 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި
21 ޖުލައި 2025
|
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ބިނާކުރި ހައުސިން ޔުނިޓުތައް
ގެދޮރުވެރިޔާ ހައުސިންގް ސްކީމްގެ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަން ފަށައިފި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ރޭ އެމްއެމްޓީވީގެ "ބޮޑުޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، ސޮއިކުރުން އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައިކަމަށެވެ. އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 4:00 ކަމަށެވެ.
މީގެއިތުރުން ހަމްދާން ވިދާޅުވީ، އެފްޑީސީއިން އިސްކަންދެނީ އެންމެ ފުރަތަމަ ނިމިފައިވާ ޓަވަރުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ވެރިފަރާތްތަކާ ހަވާލުކުރުމަށްކަމަށެވެ.
"މި ކަން ކުރިޔަށް ގެންދާއިރު އެންމެ ބޮޑު އިސްކަމެއް އަޅުގަންޑުމެން މިދެނީ އެންމެ ފުރަތަމަ ނިމިފައި ހުރި ޓަވަރަށް ވީހާވެސް އަވަހަކަށް ސޮއިކޮށްފަ، އެންމެ ފުރަތަމަ ނިމިފައި ހުރި ޓަވަރުޓަސް ހޭންޑްއޯވާކޮށްފަ އެބޭފުޅުންނަށްދޭން"
ހަމްދާން އިތުރަށް ވިދާޅުވީ، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އެފްޑީސީއިން މަސައްކަތްކުރަމުންދާ ކަމަށާއި، ފްލެޓް ލިބޭ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިން ކަނޑައަޅައި ކުރީ ސަރުކާރުން ނެރުނު ދާއިމީ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފާހަގަކުރުމާ ގުޅިގެން މި ސަރުކާރުންވަނީ އެ ލިސްޓު ބަލައި ދިރާސާަކޮށްފައެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި އެއިރު ކުރީ ސަރުކާރުން ކަނޑައެޅި ޝަރުތުތަކަށް ބަލާއިރު އެ ލިސްޓުގައި ހިމެނޭ ގިނަ ބަޔަކު ޝަރުތު ފުރިހަމަނުވެއެވެ. ނަމަވެސް ސަރުކާރުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބުނުކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ކަނޑައެޅިގެން އޮޅުވާލައިގެން ނުވަތަ ދޮގު މައުލޫމާތެއް ދީގެން ފުލެޓު ލިބުނު ފަރާތްތައް ފިޔަވައި އެހެން އެންމެންނަށް ފުލެޓު ހަވާލުކުރުމަށެވެ.
އެގޮތަށް ނިންމުމަށްފަހު ހައުސިން މިނިސްޓްރީން މިހާރު ގެންދަނީ ފުލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހިއްސާކުރަމުންނެވެ. އަދި އެ ކުންފުނިން އަންނަނީ މިއަދުން ފެށިގެން އެ ފަރާތްތަކާއެކު ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ.