ENGLISH
10 ސެޕްޓެމްބަރު 2025
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގެެއް
20 ޖުލައި 2025
|
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ގުޅޭ ގޮތުން އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއޭސީއެލް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ވާހަކަތަކާއި ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.
މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައިކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ކުންފުނިން ނުގެންގުޅޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުންފުނިން އަރުވަން ބޭނުންވާ ޔަޤީން ކަމަކީ ކުރިއަށް އޮތްތަނުގައިވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުން އައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމުގައި ވެސް ބުންޏެވެ.
"މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް މި ފުރުސަތުގައި ޔަޤީންކޮށް އަރުވަމެވެ,"
އެމްއޭސީއެލްގެ އިލްތިމާސަކީ މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް ވާހަކަތައް ބައްޓަންކުން ކަމަށާ އެ ކުންފުނިން ޤަބޫލުކުރާ ގޮތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ޙަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މަޢުލޫމާތާ އެކަމަށް ވެސް ބުންޏެވެ.
އެމް.އޭ.ސީ.އެލްގެ މުއައްޒަފުންގެ ފަރާތުން، ކުންފުންޏަށް ލިބެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އިޚްލާސްތެރި ކަމާއެކު އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.