ENGLISH
10 ސެޕްޓެމްބަރު 2025
އުތުރަށް މޫސުން އަލިނުވޭ، ހއ. އިން އދ. އަތޮޅަށް ހުދު ސަމާލު
20 ޖުލައި 2025
|
މޫސުން ގޯސް ދުވަހެއް -- ފައިލް ފޮޓޯ
އުތުރާއި މެދު އަތޮޅުތަކަށް މޫސުން އަލި ނުވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިހާރު ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް މޫސުމީ އިންޒާރު ނެރެފަ އެވެ. އެ އަތޮޅުތަކަށް ނެރެފައި ވަނީ ހުދު ސަމާލެވެ.
ހުދު ސަމާލު ނެރެފައިވަނީ މިރޭ 9:30 އާ ހަމައަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެހެން ކަމުން މޫސުމަށް ސަމާލުވުމާއި ކަނޑުދަތުރުކުރުމުގައި އިތުރަށް ސަމާލު ވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިދިޔަ ހަފްތާ އިން ފެށިގެން މުޅި ރާއްޖޭގެ މޫސުން ވަނީ ގޯސްވެފަ އެވެ. މެޓުން ބުނީ މާދަމާ އިން ފެށިގެން މޫސުން އަލިވާނެ ކަމަށް ބެލެވޭ ކަމަށެވެ.