ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ތުއްތު ދަރިފުޅުގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު، މަންމަ ހޯދަނީ

20 ޖުލައި 2025

|

އަޙުމަދު ޙަމީދު

ތުހުމަތު އޮތް އަންހެން މީހާ -- ފޮޓޯ: ޕޮލިސް

ތުއްތު ކުއްޖެއްގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނުނު މައްސަލައެއްގައި އެ ކުއްޖާގެ މަންމަ ހޯދަން އޭނާގެ ފޮޓޯއާ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.

ކުއްޖާ އުންފަވިއިރު ކުއްޖާގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނުނު މައްސަލައެއްގައި ހޯދަމުން ދަނީ ސ. ހިތަދޫ / އުޖާލާ، އާމިނަތު ޝިފްޒާ (40އ) އެވެ. ފުލުހުން މިއަދު ބުނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޝިފްޒާއަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ޖިނާއި މައްސަލަތައް ތަހުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ ޢިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި ޢިއުލާނުކުރީ ކަަމަށް ފުލުހުން ބުންޏެވެ.

ޝިފްޒާ ހާޒިރު ކުރަނީ އެ މައްސަލައިގެ ތަޙުޤީޤަށް ކުރެވޭ ތުހުމަތާއި ގުޅިގެން ސުވާލުކުރުމަށް ބުނެފައިވެ އެވެ.

އާމިނަތު ޝިފްޒާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ކަމަށް އެނގިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު