ENGLISH
10 ސެޕްޓެމްބަރު 2025
މި މަހު ހިނގި ބޮޑު އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި
20 ޖުލައި 2025
|
ޖުލައި މަހުގެ 13 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން އައި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.
އެރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި އެކުއްޖާ ގެއަށް ދޫކޮށްލިކަން އައިޖީއެމްއެޗުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
ނުރައްކާތެރި އެކްސިޑެންޓުގައި ވަނީ ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވެފައެވެ. ފަރުވާއަށްފަހު ދޫކޮށްލި 16 އަހަރުގެ ކުއްޖާ އިނީ އެ ސައިކަލުގެ ފަހަތުގައެވެ.
އެކްސިޑެންޓް ވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު، އެވަގުތު މަގުހުރަސްކުރި މީހެއް ގައިގައި ޖެހިގެންނެވެ. ދުވަން ނުކުމެ އުޅުނު އުމުރުން 40 އަހަރުގެ މީހާ އަށް ވެސް ބޮޑެތި އަނިޔާތަކެއްވިއެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގައެވެ. މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.