ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަން ނިންމައިފި

20 ޖުލައި 2025

|

ޢަލީ ޝަހީމް

ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން ހަވާލުކުރި ފަނޑިޔާރު ހަމީދު. ފޮޓޯ: ރައީސް އޮފީސް

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު މުއުތަސިމް އަދުނާން އެ މަޤާމުން ރިޓަޔާކުރައްވަން ނިންމެވުމާއި ގުޅިގެން، ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. 

އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް ރިޓަޔާކުރައްވާނީ މާދަމާއެވެ. އަދި، ވަގުތީގޮތުން ފަނޑިޔާރު ޢަބްދުﷲ ޙަމީދު މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ހިންގެވުމާ ޙަވާލުވަޑައިގަންނަވާނެއެވެ. މިއަދަކީ މަޤާމުގައި އަޙްމަދު މުއުތަސިމް ވަޒީފާއަށް ވަޑައިގެންނެވި ފަހު ދުވަހެވެ. ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާ ޒިންމާ ޙަވާލުކުރީ އެ މަޤާމަށް އެހެން ބޭފުޅަކު އައްޔަނުކުރެވެންދެނެވެ. 

މިހާރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ޙަމީދު ވަނީ މީގެކުރިން ވެސް އެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. އޭގެކުރިން 2007 އިން 2022 އާ ދެމެދު ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވިއެވެ. އަދި، 2019 ވަނަ އަހަރު އުއްތަމަ ފަނޑިިޔާރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތެވެ. 

އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާއެކު މަޤާމުން ރިޓަޔާކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ. 

ކިޔުންތެރިންގެ ހިޔާލު