ENGLISH
25 ނޮވެމްބަރު 2024
އިންޑިއާގެ ބިލިއަނަރު އަދާނީގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފި
21 ނޮވެމްބަރު 2024
|
އިންޑިއާގެ ބިލިއަނަރ ގޯތަމް އަދާނީ.
އެންމެ މަޤްބޫލު
މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލަައިފިއެވެ.
އިންޑިއާގެ އެންމެ ބޮޑު މަހުޖަނުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 250 މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގަ އެވެ. އަދާނީ އާއި އޭނާގެ ކުންފުނިން މަސައްކަތްކޮށްފައި ވަނީ ރިޝްވަތުގެ މި ބޮޑު ސްކީމް ބޭނުންކޮށްގެން އެމެރިކާގައި ނާޖާއިރު ގޮތުގައި ފައިސާގެ ބޮޑެތި މަންފާތަކެއް ހޯދުމަށެވެ.
ނިއު ޔޯކުގައި އިއްޔެ އުފުލި ދައުވާ އަކީ އުމުރުން 62 އަހަރުގެ އަދާނީ އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އިތުރުވި ބޮޅެކެވެ. އޭޝިއާގައި ވެސް އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ އަދާނީގެ ކުންފުނިން ދަނީ ބަނދަރާއި އެއާޕޯޓް ހިންގުމާ އިޔާދަކުރުވަނި ހަކަތައިގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ.
އަދާނީ އާއި އޭނާގެ ކުންފުނީގެ އިސް މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ލިބޭނެ އިޔާދަކުރަނިވި ހަކައިގެ ބޮޑު މަޝްރޫއެއް ކާމިޔާބުކުރަން އިންޑިއާގެ އޮފިޝަލުންނަށް ރިޝްވަތު ދިން ކަމަށެވެ. އަދާނީ ގްރޫޕުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމް ހޮވިވަޑައިގަތުމާ ގުޅިގެން އަދާނީ ވަނީ ސޯޝަލް މީޑިއާގައި ޓްރަމްޕަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމެރިކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރައްވާނެ ކަމަށް މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ.